އިންޑިއާއަށް އުފަން ހަރީ ކްރިޝްނަން ނަމަކަށް ކިޔާ މީހަކު ކުއްލިއަކަށް މަލްޓި މިލިއަނަރަކަށް ވެއްޖެއެވެ.
ކްރިޝްނަން މިލިއަނަރަކަށް ވީ، އަބޫދާބީގައި ކުރިއަށްގެންދިޔަ 12 މިލިއަން ދިރްހަމްގެ ލަކީޑްރޯ ޖެކްޕޮޓެއްގައެވެ. އަބޫދާބީ އިންޓަނޭޝަނަލް އެއާޕޯޓުގައި މި އިނާމް ލިބޭނެ ނަސީބުވެރިޔާ ކަނޑައެޅުމަށް ބޭއްވި ގުރުއަތުލުމުގައި ދިމާވީ ކްރިޝްނަންގެ ޓިކެޓު ނަމްބަރުކަމަށްވާ 086828 އެވެ.
ކްރިޝްނަންއަކީ އޭނާގެ އަނބިމީހާ ނިޝާ އަދި ފިރިހެން ދަރިފުޅު ކަރަންއާއެކު ދުބާއީގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތެކެވެ. ލަކީޑްރޯ ޖެކްޕޮޓްގެ ނަސީބުވެރިޔާއަށްވުމުގެ ކުރީގައި ކްރިޝްނަންއަކީ ވަރަށް އާދައިގެ މީހެކެވެ.