ޕާކިސްތާނުގެ މަޝްހޫރު ކްރިކެޓަރ އަދި ޕޮލިޓިޝަން އިމްރާން ޚާން ތިންވަނަ ކައިވެންޏެއް ކުރަން ހުށަހަޅައިފި

ކިޔުމަށް ހޭދަވާނީ 1މ 28ސ
 ޕާކިސްތާނުގެ މަޝްހޫރު ކްރިކެޓަރ އަދި ޕޮލިޓިޝަން އިމްރާން ޚާން ތިންވަނަ ކައިވެންޏެއް ކުރަން ހުށަހަޅައިފި
ޕާކިސްތާނުގެ ކުރީގެ ކްރިކެޓަރ އަދި މިހާރުގެ ޕޮލިޓިޝަން އިމްރާން ޚާން ތިންވަނަ ކައިވެންޏެއް ކުރަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.

ޕާކިސްތާން ތެހްރީކް-އެ-އިންސާފް (ޕީޓީއައި) ގެ ޗެއާމަން އިމްރާން ޚާން ތިންވަނަ ކައިވެއްޏެއް ސިއްރިއްޔާތުގައި ކޮށްފިކަމަށް ފެތުރެމުންދިޔަ ވާހަކަތައް އެޕާޓީއިން ދޮގު ކުރި ނަމަވެސް، އިމްރާން ގެ ސްޕިރިޗުއަލް މެންޓޯ ބުޝްރާ މަނެކާ އާއި ކައިވެނިކުރަން ހުށަހަޅާފައިވާ ކަމަށް އެޕާޓީއިން ވަނީ ބުނެފައެވެ.

ޕީޓީއައި އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބުޝްރާ އަށް އިމްރާން ކައިވެނި ހުށަހަޅާފައިވާ ކަމަށާއި، އެހެންނަމަވެސް އެކަމާއިމެދު ވިސްނާލުމަށާއި ބުޝްރާގެ އާއިލާ އަދި ދަރިންނާއިވެސް މަޝްވަރާ ކޮށްލުމަށް ބޭނުންވާ ކަމަށް ބުނެ ބުޝްރާ ވަގުތު ކޮޅަކަށް އެދިފައިވާ ކަމަށެވެ.

"އެހުށަހެޅުން މިސް ބުޝްރާ ޤަބޫލު ކޮށްފިނަމަ، މިސްޓަރ އިމްރާން އެކަން އެންމެ ރީތިގޮތުގައި އާންމު ކުރާނެ. އެހެންކަމުން އެދެބޭފުޅުންނަށާއި ދެފަރާތުގެ އާއިލާއަށް އަދި އެމީހުންގެ ދަރިންނަށް ވެސް މިނިވަންކަން ދީފައި ބެހެއްޓުމަށް ހުރިހާ މީޑިއާތަކަކަށް ވެސް އިލްތިމާސް ކުރަން" ޕީޓީއައި ގެ އެބަޔާނުގައި ބުނެފައިވެއެވެ.


ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް
މިއަދު އޮންލައިން