ރޮހިންޔާ މުސްލިމުންނަށް އޮތީ މިޔަންމާގެ އަސްކަރިއްޔާއާ ކުރިމަތިލުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ރޮހިންޔާ މުސްލިމުންނަށް އޮތީ މިޔަންމާގެ އަސްކަރިއްޔާއާ ކުރިމަތިލުން
ރޮހިންޔާ މުސްލިމުންނަށް އޮތީ މިޔަންމާގެ އަސްކަރިއްޔާއާއި ކުރިމަތިލުން ކަމަށް ރާކިން ސްޓޭޓްގައި ތިބި ރޮހިންޔާ މުސްލިމުންގެ ޖަމާއަތަކުން ބުނެފިއެވެ.

އެޖަމާއަތުން ބުނީ ރޮހިންޔާ މުސްލިމުންނަށް މިޔަންމާގެ އަސްކަރިއްޔާއާއިން ބޭނުންހައި ގޮތެއް ހަދަމުން ގެންދާއިރުވެސް އެކަންކަން ހުއްޓުވަން ކުރެވޭ އެއްވެސް ކަމެއް ނެތުމުން ދެން އޮތީ ކުރިމަތިލުން ކަމަށެވެ.

މިދިއަ ހުކުރު ދުވަހު މިޔަންމާގެ އަސްކަރީ ސިފައިން ދަތުރުކުރި ވެހިކަލަކަށް ރޮހިންޔާއަށް ނިޞްބަތްވާ ޖަމާއަތަކުން ވަނީ ހަމަލާދީފައެވެ. މިހަމަލާ ދިނީ ފިލައި ތިބި ބައެކެވެ. މިހަމަލާ ދިނީ ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ހަނގުރާމަކުރާ އޭއާރުއެސްއޭ އިން ނޫން ކަމަށް އެ ޖަމާއަތުން ބުނެއެވެ.

އެ ޖަމާއަތުންވެސް ބުނީ މިހާރު އޮތްގޮތަކީ ތިބި މަދު މީސްކޮޅާއިއެކު ނަމަވެސް ނުކުމެ ކުރިމަތިލުން ކަމަށެވެ. ދުނިޔެއިން މި މައްސަލަތަކަށް ހައްލެއް ހޯދައިދޭނެ ކަމުގެ އުންމީދު މިހާރު ގެއްލިފައިވާ ކަމަށެވެ.
މިއަދު އޮންލައިން