ދުބާއީ އިން އިންޑޮނޭސިއާގެ ޖަކާޓާއަށް ދަތުރުކުރި އަންހެނެއްގެ ބަނޑުން ލޭ ފައިބާތީ ފްލައިޓް ކުއްލި ހާލަތުގައި ބެންކޮކަށް ޖައްސައި އޭނާ ވަނީ ފްލައިޓުން ބާލައި ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކާއި ހަވާލުކޮށްފައެވެ.
އެއަށްފަހު ފްލައިޓު ފުރައިގެން ގޮސް ޖަކާޓާއަށް ޖެއްސުމުން ފްލައިޓް ސާފުކުރަން އެރި މީހުންނަށް ފާޚާނާގެ ވަތްގަނޑަކުން ފެނުނީ ވިހެއުމަށްފަހު ރަބަރު ކޮތަޅަކަށްލާފައި އޮތް ތުއްތު ކުއްޖަކު މަރުވެފައި އޮއްވައެވެ.
ފުލުހުން ބުނަނީ އަންހެން މީހާ ބްލީޑްވީ ވިހެއުމަށްފަހު ކަމަށާއި އޭނާގެ ހާލު ރަނގަޅުވުމުން ތަޙްޤީޤް ކުރިއަށް ގެންދާނެ ކަމަށެވެ. އޭނާއަކީ ޔޫއޭއީ އާއި އަވަށްޓެރި ޤައުމެއްގެ ގެއެއްގައި މަސައްކަތްކުރުމަށްފަހު އެނބުރި ޗުއްޓީއަށް ދިއަ އަންހެނެކެވެ.