ދުބާއީގައި މިހާރު ކުރިއަށް ގެންދާ ސޭލެއްގައި އައިފޯން 8 އާއި އެހެންވެސް ގިނަ ބާވަތްތަކެއްގެ ސްމާޓް ފޯނާއި ޑީވައިސްތަކުން 60 އިންސައްތަ ޑިސްކައުންޓް ދިނުމުން މީހުންތައް މޮޔަވެއްޖެއެވެ.
އެޓިސަލެޓް އިން ކަނޑައަޅާފައިވާ ފިހާރަތަކުންނާއި އޮންލައިންކޮށް ކުރިއަށް ގެންދާ މި ސޭލަށް އަންނަނީ ބޮޑު ތަރުޙީބެއް ލިބެމުންނެވެ.
އަވަށްޓެރި ބައެއް ޤައުމުތަކުން ވެސް ގެންދަނީ ސޭލްގައި ބައިވެރިވެ ތަކެތި ގަންނަމުންނެވެ.