އިނގިރޭސި ޕާލަމެންޓުން ދުވާލަކު 160 ފަހަރު ބަރަހަނާ ސައިޓުތަކަށްވަދޭ!
އިނގިރޭސިވިލާތުގެ ޕާލަމެންޓުގެ ކޮންޕިޔުޓަރުތައް ބޭނުންކޮށްގެން މިދިއަ އަހަރުގެ ފަހުކޮޅު ކޮންެމެ ދުވަހަކު 160 ފަހަރު ބަރަހަނާ ވެބްސައިޓުތަކަށް ވަންނަކަން ހާމަވެއްޖެއެވެ.
އިނގިރޭސިވިލާތުގެ ޕާލަމެންޓުގެ ކޮންޕިޔުޓަރުތައް ބޭނުންކޮށްގެން ބަރަހަނާ ވެބްސައިޓުތަކަށް ވަންނަ މައްސަލަ މިހާރުވަނީ ވަރަށް ހޫނުވެފައެވެ. އެކަމާއި ގުޅިގެން ބޮޑުވަޒީރު މޭ އަށް ވަނީ ބޮދެތި ގޮންޖެހުންތައް ކުރިމަތިވެފައެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިނގިރޭސި ޕާލަމެންޓުގައި ބަރަހަނާ ވެބްސައިޓުތަކަށް ވަނުމަކީ ޢާންމު ކަމެކެވެ. އަދި މިހާރު ވަނީ ވަންނަ އަދަދު މަދުވަފައެވެ.
2015 ވަނަ އަހަރު 213،020 ފަހަރު ވަދެފައިވާއިރު 2016 ވަނަ އަހަރު ވަދެފައިވަނީ 113،208 ފަހަރު ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެތެރޭގައި މެންބަރުންގެ ލެޕްޓޮޕްތަކުން ތަނުގެ ވައިފައި ބޭނުންކޮށްގެން ވދެފައިވާ އަދަދުވެސް ހިމެނެއެވެ.