ބޮލީވުޑްގެ އެކްޓަރު ޝްރީވައްލާބު މަރުވެއްޖެ

ކިޔުމަށް ހޭދަވާނީ 50ސ
ބޮލީވުޑްގެ އެކްޓަރު ޝްރީވައްލާބު މަރުވެއްޖެ


ބޮލީވުޑްގެ އެކްޓަރު ޝްރީވައްލާބު ވިޔާސް މިދިޔަ އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މަރުވެއްޖެއެވެ.

އުމުރުން 60 އަހަރުގައި ޝްރީވައްލާބު މަރުވީ ބަލިވެ އުޅޭތާ އެތައް އަހަރެއް ފަހުންނެވެ. 2008 ވަނަ އަހަރުގެ ތެރޭގައި ޝްރިވައްލާބުއަށް ދިމާވި ސިކުނޑީގެ ސްޓްރޯކެއްގައި އޭނާގެ މުޅި ހަށިގަނޑު ވަނީ ޕެރެލައިޒް ވެފައެވެ.

ޝްރީވައްލާބުގެ ފަރުވާއަށް އާމިރު ޚާންއާއި އަކްޝޭ ކުމާރު ފަދަ އެކްޓަރުން ދިޔައީ ޚަރަދުކުރުމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ޝްރީވައްލާބުގެ ކެރިއަރުގައި ކުޅެފައިވާ ފިލްތަކުގެ ތެރޭގައި 'އާން: މެން އެޓް ވޯކް'، 'ލަގާން'، 'ޝަރްފަރޯސް'، 'އަބްހޭ' ފަދަ ފިލްމުތައް ފާހަގަކޮށްލެވެއެވެ. ބޮލީވުޑްގެ ފިލްމުތަކުގެ އިތުރުން އިންޑިއާގެ އެހެން ސިނަމާތަކުގައާއި ތިއޭޓާޕްލޭތަކުގައި ވެސް ޝްރީވައްލާބު ވަނީ މަސައްކަތްކޮށްފައެވެ.
ޝްރީވައްލާބު މަރުވިއިރު، އޭނާގެ އަނތްބަކާއި ދެ އަންހެން ދަރިން ދުނީޔޭގައި ތިއްބެވެ.


މިއަދު އޮންލައިން