މިދިއަ އަހަރު އޮކްސިޖަން ނުލިބުމުގެ ސަބަބުން 63 ކުދިން މަރުވި އިންޑިއާގެ ބީއާރުޑީ ހޮސްޕިޓަލުގެ ބައެއްގައި އަލިފާން ރޯވެ އަނދައިފިއެވެ.
މިއަދު ހިނގި މިހާދިސާގައި އަނދާފައިވަނީ ހޮސްޕިޓަލުގެ މައި އޮފިހާއި ރެކޯޑް ރޫމްއެވެ. އެއްވެސް މީހަކަށް އަނިޔާ ނުވާކަށް ރިޕޯޓްތައް ބުނެއެވެ.
ފުލުހުން ބުނީ އަލިފާން ހިފަން މެދުވެރިވި ސަބަބު އަދި ނުއެނގޭ ކަމަށެވެ. އެ ހޮސްޕިޓަލަކީ ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ހޮސްޕިޓަލެކެވެ.