މަހާތްމާ ގާނދީ އަވަހާރަކޮށްލި މައްސަލަ އިތުރަށް ތަޙްޤީޤްކުރުމުގެ ބޭނުމެއް ނެތް: ސްޕްރީމް ކޯޓް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
މަހާތްމާ ގާނދީ އަވަހާރަކޮށްލި މައްސަލަ އިތުރަށް ތަޙްޤީޤްކުރުމުގެ ބޭނުމެއް ނެތް: ސްޕްރީމް ކޯޓް
އިންޑިއާގެ ޤައުމީ ބަޠޮލް މަހާތްމާ ގާނދީ އަވަހާރަކޮށްލި މައްސަލަ އިތުރަށް ބެލުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް ދިއްލީގެ ސްޕްރީމް ކޯޓުން މިއަދު ނިންމައިފިއެވެ.

ސްޕްރީމް ކޯޓުން މިފަދަ ނިންމުމެއް ނިންމީ އެ ހާދިސާގައި 4 ވަނަ ވަޒަނެއް ޖަހާފައިވާއިރު އެ ވަޒަނުގެ މައްސަލަ ތަޙްޤީޤްކުރަންޖެހޭ ކަމަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެންނެވެ.

ސްޕްރީމް ކޯޓުން ބުނީ އެކަންކުރި މީހުންނާއި އެކަން ކުރި ގޮތް މިހާރު ވަނީ ސާފުކުރެވިފައި ކަމަށާއި އެހެންކަމުން އިތުރު ތަޙްޤީޤެއް މިހާރު ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.

މަހާތްމާ ގާނދީ އަވަހާރަކޮށްލީ 30 ޖަނަވަރީ 1948 ގައެވެ.
މިއަދު އޮންލައިން