މިހާރަކަށް އައިސް ސައުދިއަރަބިޔާގެ ތާބޫކަށް ކޮންމެ އަހަރެއްގެ ވެސް މިދުވަސްކޮޅު ރޭގަނޑު ފިނި ފައިބައެވެ. ރޭގަނޑު ފައިބާ ފިނި ހެނދުނުވުމުން މަޑުމަޑުން ނެތިގެން ދެއެވެ. ޖަބަލް އަލް ލަވްޒްގައި ކޮންމެވެސް ވަރަކަށް ފިނި ހަރުލާފައިވެސް ހުރެއެވެ.
މިކަންކަމަކީ އެރަށުގެ މީހުން މީގެކުރިން ތަޖުރިބާކުރި ކަންކަމެއް ނޫނެވެ.
ރަށުގެ މީހުން ރޭގަނޑު ފައިބާ ފިންޏަށް ކިޔަނީ "ރޭގަނޑުގެ މެހްމާން" އެވެ. މެހްމާނުން ދެކެން ބޭނުންވެގެން ކޮންމެ ރެއަކުވެސް ގިނަ ބައަކު އެ ސަރަހައްދަށް ޒިޔާރަތްކުރެއެވެ.