ފަލަސްޠީނަށް އެހީތެރިކަން ފޮރުކޮށްދޭ 20 ޖަމާއަތެއްގެ އޮފިޝަލުންނަށް އިޒްރޭލުގައި ތިބުން މަނާކޮށް އެ ޤައުމުން ވަގުތުން ބޭރުވުމަށް އަންގައިފިއެވެ.
ބޭރުކުރާ އެންޖީއޯތަކުގެ ތެރޭގައި އެމެރިކާ އާއި ޔޫރަޕް ޗިލީ އަދި ސައުތު އެފްރިކާގެ އެންޖީއޯތައް ހިމެނެއެވެ.
އިޒްރޭލުން ބުނީ ފަލަސްޠީނު ކިޔާ ބިމެއް ނުއޮންނާނެ ކަމަށާއި ހުރިހާ ބިމަކީވެސް އިޒްރޭލުގެ ބިންތައް ކަމަށެވެ. އެހެންކަމުން އިޒްރޭލުގެ ނިންމުންތައް ޤަބޫލުނުކޮށް އެކަމަށް ފާޑުކިޔާ ބައަކަށް އިޒްރޭލުގައި ނުތިބެވޭނެ ކަމަށެވެ. އަދި އެއީ އިޒްރޭލު ބަދުނާމުކޮށް ފިތުނަ އުފައްދާ ޖަމާއަތްތަކެއް ކަމަށްވެސް ވަނީ ބުނެފައެވެ.
އިޒްރޭލުގެ މި ބަސްތަކުން އެނގެނީ ފަލަސްޠީނަކީ އިޒްރޭލުގެ ބައެއް ކަމަށް ހެދުމަށް އެމެރިކާގެ ރައީސް ޓްރަމްޕް ނިންމާފައިވާ އަނިޔާވެރި ނިންމުންތައް ތަންފީޒުކުރަން އިޒްރޭލުން މިހާރު ފަށާފައިވާ ކަމެވެ.
އިޒްރޭލުގެ ބޭނުމަކީ އިޒްރޭލުން ފަލަސްޠީނުގެ ރައްޔިތުންނަށް ކުރަން ރާވާފައި ހުރި އަނިޔާތަކާއި ކުރަމުން ގެންދާ އަނިޔާތައް ދުނިޔެއަށް ފޮރުވުމެވެ.
ހަމައެއާއިއެކު ފަލަސްޠީނަށް ލިބޭ އެހީކޮޅަށްވެސް ހުރަސް އަޅައި ފަލަސްޠީނުގެ ރައްޔިތުން ބަނޑަށް ޖައްސުވައި ނިކަމެތި ކުރުވުމެވެ.