އެފަދައިން ކަންކަން ކުރި މީހުންނަށް ރައްދު ދެއްވީ ވިއެނާގެ ރައީސް އަލެކްސަންޑަރ ވޭން ޑަރ ބެލެން އެވެ. ރައީސް ވަނީ އެމަނިކުފާނުގެ ފޭސްބުކްގައި ކުއްޖާއަށް މަރުހަބާ ވިދާޅުވެފައެވެ.
ރައީސްގެ ފޭސްބުކް ޕޭޖްގައި ލިޔުއްވީ "ހުރިހާ އެންމެންވެސް އުފަންވަނީ މިނިވަންކަމާއިއެކުގައެވެ. އަދި ހައްޤުތައް ލިބުމާއި ދަރަޖައިގައި ހަމަހަމައެވެ. އަދި އިތުބާރާއި އެންމެން އެއްބައެއްގެ ގޮތުގައި ދެމިތިބުމާއި އެންމެން އެއް ވިސްނުމެއްގައި ކުރިއަށް ދިއުން މާމުހިންމެވެ. ރުޅި ވެރިކަމާއި ނަފުރަތު ކުރުމުގެ ނުބައިކަން މާބޮޑެވެ."
މި ކުއްޖާއަށް ނަން ދީފައިވަނީ އަސީލްގެ ނަމުންނެވެ.
މިކަމަށް ނަފުރަތުކުރި މީހުންގެ ކޮމެންޓްތަކުގެ ތެރޭގައި ތުއްތު އަސީލް ވަގުތުން މަރުވުމަށްވެސް ވަނީ އެދިފައެވެ.
މިފަދަ ކަންކަމުން އަންގައިދެނީ އިސްލާމުންނާއިމެދު އެހެން ދީންތަކުގެ މީހުން އަދާވާތްތެރިވެފައިވާ މިންވަރެވެ. އެއްވެސް ދަރިއަކު ދުނިޔެއަށް އުފަންވަނީ މައިން ބަފައިން ބޭނުންވާ ދުވަހަކު އަދިި ބޭނުންވާ ވަގުތަކު ނޫނެވެ. އެކަމަށް މާތް ﷲ މިންވަރުފުޅު ކުރައްވަވާފައިވާ ވަގުތުގައެވެ. މިއީ ކޮންމެ ނަމެއް ކިޔާ ކަލަކަށް އީމާންވާ މީހަކަށް ނަމަވެސް ރަނގަޅަށް އެނގޭނެ ކަންކަމެވެ.