މެލޭސިޔާގެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓަކަށް މަހާތީރު - ވެރިކަން ލިބިއްޖެނަމަ ނައިބްރައީސަކަށް އަންވަރު އިބްރާހީމް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
މެލޭސިޔާގެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓަކަށް މަހާތީރު - ވެރިކަން ލިބިއްޖެނަމަ ނައިބްރައީސަކަށް އަންވަރު އިބްރާހީމް!
މެލޭސިޔާގެ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓަކަށް ކުރީގެ ބޮޑުވަޒީރު މަހަތީރު ހަމަޖައްސައިފިއެވެ.

އުމުރުފުޅުން 92 އަހަރު ވެފައިވާ މަހާތީރު ވަނީ ވެރިކަން ލިބިވަޑައިގެންފިނަމަ އެމަނިކުފާނުގެ ވެރިކަމުގައި ޖަލަށް ލެއްވެވި އަންވަރު އިބްރާހީމް މިނިވަން ކުރައްވައި ނައިބް ރައީސަކަށް ހަމަޖައްސަވަން އެއްބަސްވެވަޑައިގެންފައެވެ.

މަހާތީރަށް ރައްޔިތުންގެ ތާއީދު އިތުރުވެގެން ދިއައީ މިހާރުގެ ބޮޑުވަޒީރު ނަޖީބް ރައްޒާޤާއި އޭނާގެ އާއިލާގެ ކޮރަޕްޝަނާއި ވައްކަން އިންތިހާއަށް ދިއުމުން ކަމަށް ބެލެވެއެވެ.

މަހާތީރުގެ ވެރިކަމަށް ވެސް ގިނަ ބައަކު ނަފުރަތުކުރިއެވެ. ތަފާތު އިލްޒާމްތައް އަޅުވައި ގިނަ ތުހުމަތުތަކެއްވެސް ކުރިއެވެ. ނަމަވެސް މެލޭސިޔާގެ ގިނަ ބައަކު މިހާރު މަހާތީރަށް ތާއީދުކުރަނީ ނަޖީބު ރައްޒާޤުގެ ވައްކަމާއި ކޮރަޕްޝަނުގެ މައްސަލަތައް މާއިތުރުވުމުން ކަމަށް ބެލެވެއެވެ.
މިއަދު އޮންލައިން