މިޞުރުގެ ރައީސް އަލް ސިސީ އެކަނި ވާދަކުރާނެކަމަށް ބެލެވޭ މިޞުރުގެ ރިޔާސީ އިންތިޚާބު އަންނަ މާރިޗް މަހުގެ 26 އިން 28 އަށް ބާއްވަން ނިންމައިފިއެވެ.
އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުން ކުރިމަތިލުމުގެ ފުރުޞަތު މިމަހު 20 އިން 29 އަށް ހުޅުވައިލާނެކަމަށް ބުނެފައިވާއިރު ޝައުޤުވެރިކަން ފައުޅުކުރާ މީހުން ގެންދަނީ ޖަލަށްލަމުންނެވެ.
އިންތިޚާބުގައި އަލްސިސީ އާއި ވާދަކުރާނެ ކަމަށް ބުނި ސިފައިންގެ ޖެނަރަލަކަށް މިހާރުވެސް ވަނީ 3 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވައިފައެވެ.
އަލްސިސީ ބުނަމުން ގެންދަނީ މި އިންތިޚާބު ކާމިޔާބުކުރަން ބޭނުން ކަމަށެވެ. ނަމަވެސް ދެން ބާއްވާ އިންތިޚާބެއްގައި ވާދަ ނުކުރާނެ ކަމަށެވެ.