ޗޮއްޓޫ ބަރައިކު- ހެނދުނު ސަލާންޖަހާ މީހެއް- ހަވީރު ކޯޓުލައިގެން އަމިއްލަ ކުންފުނިތަކުގެ ބޯޑު ޗެއަރކުރަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ޗޮއްޓޫ ބަރައިކު- ހެނދުނު ސަލާންޖަހާ މީހެއް- ހަވީރު ކޯޓުލައިގެން އަމިއްލަ ކުންފުނިތަކުގެ ބޯޑު ޗެއަރކުރަނީ
އިންޑިއާގެ ޕަޓްނާއަށް ނިޞްބަތްވާ ޗޮއްޓޫ ބަރައިކަކީ ހެނދުނު ސަލާންޖަހާ މީހެކެވެ. ހަވީރު ކުރާ ކަމަކީ ކޯޓުލައިގެން އަމިއްލަ ކުންފުނިތަކުގެ ޗެއަރމަންކަންކުރުމެވެ.

ޗޮއްޓޫ ބުނާ ގޮތުން ސަލާންޖަހައިގެން މަހަކު މަދުވެގެން 30،000 ރުޕީސް ލިބެއެވެ. އެ ފައިސާއިން އޭނާ މިހާރު ވަނީ ބޮޑު ފިހާރައެއް ހުޅުވައި ވިޔަފާރިއެއްވެސް ފަށައިފައެވެ. އެއިގެ އިތުރުން އޭނާގެ އަމިއްލަ ކުންފުނިތައް އެބަހުއްޓެވެ. އަދި ބައެއް އަމިއްލަ ކުންފުނިތަކުގައި އެނާ ވަނީ އިންވެސްޓްވެސް ކޮށްފައެވެ.

3 އަނބިން އެބަތިއްބެވެ. ފިހާރަ ބަލަހައްޓަނީ ފުރަތަމަ އަނބިމީހާއެވެ. ފިހާރައިން ލިބޭ ފައިދާ ބަހަނީ 3 އަނބިންނަށް އެއްވަރަކަށެވެ. އެހެންވެ 3 އަނބިންގެ މެދުގައި އެއްވެސް މައްސަލައެއްވެސް ނުއޮވެއެވެ.

އޭނާ ބުނީ ސަލާން ނުޖަހައިވޭތޯ ބެލި ކަމަށާއި ނަމަވެސް ދިރިއުޅުމުގެ ޚަރަދުތައް ބޮޑުކަމުން ސަލާން ނުޖަހައި ނުފުދުނީ ކަމަށެވެ. އަދި މިހާރު އޭނާ ސަލާންޖެހުން ހުއްޓާލަން ބޭނުން ނުވާ ކަމަށެވެ.
މިއަދު އޮންލައިން