ކޮއްކޮ ކައިވެނިކޮށްގެން ފިރިމީހާގެ ގެއަށް ބަދަލުވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ގެއްލުނީ މީގެ 4 އަހަރު އަހަރުކުރިންނެވެ. އެދުވަހުން ފެށިގެން ފުލުހުން އައީ އަންހެން މީހާ ހޯދުމުގެ މަސައްކަތްކުރަމުންނެވެ.
މީގެ 2 ހަފްތާއެއްވަރުކުރިން އަންހެން މީހާއަށް އެނގުނީ އޭނާ ގަނެގެން އޭނާގެ ހަށިވިއްކުވަމުންދިއަ ގެ ކައިރީގައި ބޭބެގެ ރައްޓެއްސަކު މުދާތަކެއް ވިއްކަން އުޅޭކަމެވެ.
ބަހަނާއެއް ދައްކާފައި ގޮސް ބޭބެގެ ރަހްމަތްތެރިޔާއަށް ހުރިހާ ވާހަކަތަކެއް ސިއްރުން ކިޔައިދީ އޭނާ ބަންދުކޮށްގެން ގެންގުޅޭ ގޭގެ އެޑްރެސް ދީފައި ބޭބެއަށް އެ މައުލޫމާތު ދިނުމަށް އެދުނެވެ.
ބޭބެ ފުރަތަމަ އެގެއަށް ދިއައީ ކަސްޓަމަރަކަށް ހެދިގެންނެވެ. 200 ރުޕީސް އަތުލުމަށްފަހު 2 އަންހެނުން ދެއްކުމުން ކޮއްކޮ އާއިއެކު ކޮޓަރިއަށް ގޮސް ކަންކަން އޮޅުންފިލުވައިގެން ނުކުމެގެންދިއައީއެވެ. އިރުކޮޅަކުން އެނބުރި އެބަ އަންނަން ކަމަށް ބުނެފައެވެ.
އެގެއިން ނުކުމެގެން ގޮސް ފުލުހުންގެ އެހީތެރިކަން ހޯދައި ހިންގި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ އަންހެނުން ވަނީ އެ ސަރަހައްދުގެ ގެތަކުން ސަލާމަތްކުރެވިފައެވެ.
އެކި އަވަށްތަކުން ގެނެސްފައި ތިބި ބައެއް އަންހެނުން ބުނީ އެމީހުން އަޅުންގެ ގޮތުގައި ވިއްކަމުން ގޮސް 5 ވަނަ މީހާއަށް ވެސް ވިއްކާފައިވާ ކަމަށެވެ. ގަތުމަށްފަހު ޖައްސުވަނީ ހަށިވިއްކަން ކަމަށެވެ.
މިކަމުގެ އެންމެ އަޑީގައި ހުރި މީހާ ވަނީ ފިލައިފައެވެ. ނަމަވެސް ގުޅުންހުރި 5 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މިހާދިސާ ހިނގާފައިވަނީ ހަރިޔާނާ ސްޓޭޓުގައެވެ.