އީރާނުގައި ކުރިއަށް ގެންދާ މުޒާހަރާތަކާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ އަދަދު 3،700 އަށް އަރައިފިއެވެ. ނަމަވެސް އީރާނުގެ ރަސްމީ އިދާރާތަކުން ބުނެފައިވަނީ ހައްޔަރުކޮށްފައިވަނީ 1،000 ވަރަކަށް މީހުން ކަމަށެވެ.
ތެހްރާންގެ އެމްޕީ މަހްމޫދު ސާދިޣީ މި މައުލޫމާތު ހާމަކުރުމުން ގިނަ ބައަކަށް ވަނީ ބޮޑު ހައިރާންކަމެއް ލިބިފައެވެ.
އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚަމައިނީ ވިދާޅުވީ މުޒާހަރާތައް ކުރުވަނީ އެމެރިކާ އާއި އިނގިރޭސިވިލާތުން ކަމަށެވެ. އަދި މިކަމުގައި ވާގިވެރިވާ ޤައުމުތަކާއިމެދު އީރާނުން ފިޔަވަޅު އަޅާނެ ކަމަށެވެ.