ޒިޔުރިކްގައި އެޕްލް އައިފޯން ވިއްކާ ފިހާއެއްގައި އޮތް އައި ފޯނެއްގެ ބެޓެރިން ދުން އަރަން ފެށުމުން 50 ކަސްޓަމަރުން ބިރުން ދުވެފިލައިފިއެވެ. އެރިދުމާއިއެކު ބެޓެރީ ގޮވުމުން ފިހާރައިގެ ސޭލްސްމަނަށް ވަނީ ކުދި އަނިޔާތަކެއް ލިބިފައެވެ.
ފުލުހުން ބުނީ ފިހާރައިން ގުޅުމުން އައިއިރު ހާދިސާ ހިނގައި ނިިމިފައިވާ ކަމަށެވެ. އަދި ހާދިސާގައި ފިހާރައިން ކަންކަން ކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ.
މިހާދިސާ ހިނގާފައިވަނީ ފޯނެއްގެ ބެޓެރީ ބަދަލުކުރަން އުޅުނު ވަގުތެއްގައެވެ. ލެބޯޓްރީން މިހާރު ގެންދަނީ އެކަން ހިނގަން މެދުވެރިވި ސަބަބު ހޯދަން މަސައްކަތްކުރަމުންނެވެ.