އިންޑިއާގައި ހިނގާ ކާރު އެކްސިޑެންޓުތަކުގައި ދުވާލަކު 411 މީހުން މަރުވެއެވެ. މިއީ އަހަރަކަށް ބަލައިފިނަމަ 150،000 އަށްވުރެ ގިނަ އަދަދެކެވެ.
މިކަމާއި ގުޅިގެން އެއްބައަކު ނުބައިކުރަނީ ކާރުތަކެވެ. އަނެއް ބައަކު ނުބައިކުރަނީ މަގުތަކެވެ.
ނަރެންދުރަ މޯދީގެ ސަރުކާރުން ގެންދަނީ މި ބޮޑު މައްސަލައަށް ހައްލެއް ހޯދަން މަސައްކަތްކުރަމުންނެވެ. އެގޮތުން ކާރު އުފައްދާ ކުންފުނިތަކާއި މިހާރުވެސް ގެންދަނީ މަޝްވަރާކުރަމުންނެވެ.
އިންޑިއާގައި ކާރު އުފައްދާ ކުންފުނިތަކުގެތެރޭގައި ބޭރުގެ ވަރަށް ގިނަ ކުންފުނިތައް ހިމެނެއެވެ. މިކަމާއި ގުޅޭ ޚާއްޞަ ބިލެއް މަޖިލީހަށް ވެއްދުމަށް މިހާރު ގެންދަނީ މަސައްކަތްކުރަމުންނެވެ.