މީގެ 4 އަހަރުކުރިން ގެއްލިފައިވާ މެލޭސިއަން އެއާލައިންސްގެ ފްލައިޓް އެމްއެޗް 370 ފްލައިޓް ހޯދުމުގެ މަސައްކަތް 70 މިލިއަން ޑޮލަރަށް ހަވާލުކޮށްފިއެވެ. ނަމަވެސް އަގު ދޭން ނިންމާފައިވަނީ ފްލައިޓް ހޯދިއްޖެ ނަމައެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ ކަނޑުގެ އަޑި ހޯދުމުގައި ކުޅަދާނަކަން ލިބިފައިވާ ކުންފުންޏަކާއިއެވެ. އެކުންފުނީގެ އުޅަނދު އޯޝަން އިންފިނިޓީ ބޭނުންކޮށްެން ޖަނަވަރީ މަހުގެ މެދުތެރޭގައި މަސައްކަތް ފަށައި 90 ދުވަހަށް ކުރިއަށް ގެންދާނެ ކަމަށް ބުނެއެވެ.
2014 ވަނަ އަހަރުގެ މާރިޗް މަހު 239 މީހުންނާއިއެކު ގެއްލިފައިވާ ފްލައިޓް ހޯދަން މިހައިތަނަށް ކުރި މަސައްކަތްތަކުން އެއްވެސް ނަތީޖާއެއް ހޯދިފައެއް ނުވެއެވެ.