އިންޑިއާ އިން 2017 ވަނަ އަހަރު ހަނޑޫ އެކްސްޕޯޓްކުރި އަދަދު 22 އިންސައްތަ އިތުރުވެ 12.3 މިލިއަން ޓަނުގެ ހަނޑޫ އެކްސްޕޯޓްކޮށްފިއެވެ.
މިހައި ބޮޑު ކުރިއެރުމެއް ލިބުނީ އަވަށްޓެރި ބަންގްލަދޭޝްގެ ހަނޑޫ ދަނޑުތަކަށް މިދިއަ އަހަރު ލިބުނު ގެއްލުންތަކާއި ގުޅިގެން ހަނޑޫ ލިބުން ދަތިވެ ގިނަ އަދަދެއްގެ ހަނޑޫ އިންޑިއާ އިން އިމްޕޯޓްކުރަންޖެހުމުންނެވެ. އަދި ސްރީލަންކާގެ ހަނޑޫ ދަނޑުތަކަށް ބޭނުންވާ ފެން ނުލިބިގެން ދަނޑުތައް ނުހެއްދިގެން ސްރީލަންކާއަށްވެސް ގިނަ އަދަދެއްގެ ހަނޑޫ އެކްސްޕޯޓްކުރުމުގެ މަގު ފަހިވުމުންނެވެ.
އިންޑިއާގައި އުފައްދާ މެދުމިނުގެ ބާސްމަތީ ހަނޑުލަށް ވެސް ޤައުމުތަކުގައި އަންނަނީ ބޮޑު ތަރުޙީބެއް ލިބެމުންނެވެ.
އިންޑިއާ އިން އުންމީދުކުރަނީ މިއަހަރުވެސް ގިނަ އަދަދެއްގެ ހަނޑޫ އެކްސްޕޯޓްކުރެވޭނެ ކަމަށެވެ. އިންޑިއާއިން އަވަށްޓެރި ޤައުމުތަކަށް ޚާއްޞަކޮށް ރާއްޖެއަށް ކާޑުގެ ބާވަތްތައް ވިއްކަނީ ވަރަށް ހެޔޮ އަގުގައެވެ.