އެމެރިކާއިން އެމީހަކު ދެކެ އެންމެ ރުޅިއަންނަ ދީނީ ޢިލްމުވެރިއަކު ޕާކިސްތާނުގެ ކޯޓަކުން މިނިވަންކޮށްފިއެވެ.
މުޙައްމަދަކީ 2001 ވަނަ އަހަރު އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިންނާއި ކުރިމަތިލުމަށް އޭނާގެ އެތައް ހާސް ސަޕޯޓަރުންނާއިއެކު އަފްގާނިސްތާނަށް ގޮސް އެމެރިކާ ސިފައިންނާއި ދެކޮޅަށް ހަނގުރާމަތައް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި މީހެކެވެ.
ޕާކިސްތާނުން، ޓެރަރިސްޓުންތައް މިނިވަންކުރާކަމަށްބުނެ އެމެރިކާއިން އަޑުއުފުލައި ފިޔަވަޅުއަޅަމުން ގެންދާ ވަގުތެއްގައި ކޯޓުން މުޙައްމަދު މިނިވަންކުރީ ޞިއްޙީ ހާލަށް ބަލައި ކަމަށް ކޯޓުން ބުނެއެވެ.
މުހައްމަދަކީ ޕާކިސްތާނުގެ ޠާލިބާނުންގެ ލީޑަރެއް ކަމަށްވާ މުއްލާނ ފަޒުލުﷲގެ ބަފައިބެއެވެ.