ހޫތީ ހަނގުރާމަވެރިން ސައުދީ ޖެޓަކަށް ހަމަލާދީ ވައްޓާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 26ސ
ހޫތީ ހަނގުރާމަވެރިން ސައުދީ ޖެޓަކަށް ހަމަލާދީ ވައްޓާލައިފި
ޔަމަނުގެ ހޫތީ ހަނގުރާމަވެރިން އާދީއްތަ ދުވަހު ސައުދީ ޖެޓަކަށް ހަމަލާދީ ވައްޓާލާފައިވާ ކަމަށް ސައުދީ ހޯމް މިނިސްޓްރީން ބުނެފިއެވެ.

ހޯމް މިނިސްޓްރީގެ ތަރުޖަމާނު ބުނީ މިކަމުން އެނގެނީ ހޫތީންނަށް ޒަމާނީ ހަތިޔާރު ލިބުން އިތުރުވަމުން އަންނަ މިންވަރު ކަމަށެވެ. އަދި ހޮނިހިރު ދުވަހު ސައުދީ ތެޔޮ ޓޭންކަރަކަށް ހަމަލާދޭން މަސައްކަތްކުރި ކަމަށްވެސް ވަނީ ބުނެފައެވެ.

ހޯމް މިނިސްޓްރީން ބުނީ ހޫތީން މިހައިތަނަށް ވަނީ ބެލިސްޓިކް މިސައިލްގެ 87 ހަމަލާ ސައުދިއަރަބިޔާއަށް ފޮނުވާލައިފައި ކަމަށެވެ.
މިއަދު އޮންލައިން