"މުސްލިމް ބޯއި ފްރެންޑަކު ހުންނަކަމަށް" ބުނުމުން ހިންދޫން ދެއްކި ބިރުތަކަށް ކެތް ނުކުރެވިގެން އަމިއްލައަށް މަރު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
"މުސްލިމް ބޯއި ފްރެންޑަކު ހުންނަކަމަށް" ބުނުމުން ހިންދޫން ދެއްކި ބިރުތަކަށް ކެތް ނުކުރެވިގެން އަމިއްލައަށް މަރު!
ހިންދޫ އަންހެންކުއްޖަކު އޭނާ ވަޓްސްއަޕްގައި ރައްޓެއްސެއްގެ ގާތު ބުނީ އޭނާގެ މުސްލިމް ބޯއިފްރެންޑެއް ހުންނަ ކަމަށެވެ. އަދި އޭނާ އާއިއެކު ނަގާފައިވާ ފޮޓޯއެއްވެސް ހިއްސާކުރިއެވެ.

އިސާހިތަކު މުޅި ސޯޝަލް މީޑިއާގައި އޮތީ އެވާހަކައެވެ. ރައްޓެހި މީހާ އާއި ދެއްކި ވާހަކަތަކުގެ ޗެޓްލޮގެވެ. ހިއްސާކުރި ފޮޓޯއެވެ. އެކަންވެގެންދިއައީ މުޅި އިންޑިއާގައި އޮތް އެންމެ ބޮޑު މައްސަލައަށެވެ.

ދެތިން ދުވަސް ފަހުން ފެނުނީ ހިންދޫންގެ ހަރުކަށި 5 މީހަކު އެގެއަށް ގޮސް ޢާއިލާއަށް ބިރުދެއްކި ތަނެވެ.

އަންހެން ކުއްޖާ ވަރަށް ސާބިތުކަމާއިއެކު ބުނެފައިވަނީ ތަފާތު ދީނެއްގެ މީހަކާއި ރައްޓެހިކަމެއް އޮތުމަކީ ހިންދޫ ދީން މަނާކުރާކަމެއް ނޫން ކަމަށެވެ. އަދި އެއީ މުޅި އިންޑިއާ ބަންޑުންޖެހެން ޖެހޭވަރުގެ ކަމެއް ކަމަށް ނުދެކޭ ކަމަށެވެ.

އެއަށްފަހު އެދުވަހު ހަވީރު އޭނާ ފެނުނީ އަމިއްލައަށް މަރުވެފައި އޮއްވައެވެ.

މިހާދިސާ ހިނގާފައިވަނީ ކަރްނާޓާކާގައެވެ. ހިންދޫން ބުނަނީ މުސްލިމް ފިރިހެނުން ހިންދޫ މޮޔަކުރަނީ ކަމަށެވެ.
މިއަދު އޮންލައިން