ހޫތީންގެ މިސައިލެއް މިއަދުވެސް ސައުދިއަރަބިޔާއަށް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 23ސ
ހޫތީންގެ މިސައިލެއް މިއަދުވެސް ސައުދިއަރަބިޔާއަށް
ޔަމަނުގެ ހަނގުރާމަވެރިން، ހޫތީން މިއަދުވެސް ސައުދިއަރަބިޔާއަށް ބެލިސްޓިކް މިސައިލެއް ފޮނުވާލައިފިއެވެ. ނަމަވެސް އަމާޒަށް ވާސިލުވުމުގެކުރިން ސައުދީގެ ޑިފެންސް ސިސްޓަމްތަކުން ވަނީ މިސައިލް ވައްޓާލައިފައެވެެ.

ހޫތީ ހަނގުރާމަވެރިން ބުނީ މިސައިލް އަމާޒުކުރީ ނަޖްރަންގައި ހުރި އަސްކަރީ މަރުކަޒަކަށް ކަމަށެވެ.

މިހާދިސާ އާއި ގުޅިގެން ސައުދިއަރަބިޔާއިން އަދި އެއްވެސް ބަހެއް ނުބުނާތީ ލިބުނު ގެއްލުމުގެ ތަފްޞީލް އަދި ނުލިބެއެވެ. މިއީ މިހަފްތާގައި ހޫތީ ހަނގުރާމަވެރިން ފޮނުވައިލި ދެވަނަ މިސައިލެވެ.
މިއަދު އޮންލައިން