އަނިޔާވެރި ޔަހޫދީން ސިފައިން މިއަދުވެސް ފަލަސްޠީނުގެ 2 ކުއްޖެއްގެ ގައަށް ބަޑިޖަހައި ޝަހީދުކޮށްލައިފިއެވެ. ރިޕޯޓްތައް ބުނާގޮތުން މި 2 ކުދިން ޝަހީދުކޮށްފައިވަނީ ޣާޒާ އައި ވެސްޓްބޭންކުގައެވެ.
ޣާޒާގައި އުމުރުން 16 އަހަރުގެ ޢާމިރު އަބޫ މުސައިދު ޝަހީދުކޮސްލީ މެއަށް ބަޑިޖަހައިގެންނެވެ. ވެސްޓް ބޭންކުގައި އުމުރުން 16 އަހަރުގެ ޢަލީ އުމަރު ޝަހީދުކޮށްލީ ބޮލަށް ބަޑިޖަހައެވެ.
އަނިޔާވެރި ޔަހޫދީން ބުނީ ފަލަސްޠީނުގެ ގިނަ ޒުވާނުންތަކެއް މިއަދުވެސް ސަރަހައްދީ އިމުގައި މުޒާހަރާތައް ކުރި ކަމަށައި 3 މީހެއްގެ ގައަށް ބަޑިޖެހީ ނުރައްކަލަކަށް ވެދާނެ ކަމަށް ފެނުމުން ކަމަށެވެ.