ފަލަސްޠީނުގެ ބިންތަކުގަ އިޒްރޭލުން ގެ އެޅުން އިތުރުކުރަނީ- ދުނިޔެއަށް ކުރެވޭ ކަމެއް ނެތް- ލަދެއް ނުގަނޭތަ؟: ފަލަސްޠީން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ފަލަސްޠީނުގެ ބިންތަކުގަ އިޒްރޭލުން ގެ އެޅުން އިތުރުކުރަނީ- ދުނިޔެއަށް ކުރެވޭ ކަމެއް ނެތް- ލަދެއް ނުގަނޭތަ؟: ފަލަސްޠީން
ފަލަސްޠީނުގެ ބިންތަކުގައި އިޒްރޭލުން ގެތައް އެޅުން އިތުރުކުރަމުން ގެންދާއިރުވެސް އެކަން ހުއްޓުވަން ދުނިޔެއަށް ކުރެވޭ އެއްވެސް ކަމެއް ނެތް ކަމަށާއި އެހެންކަމުން އެއީ ދުނިޔެ ލަދުގަންނަން ޖެހޭ ކަމެއް ނޫންތޯ ފަލަސްޠީނުން ސުވާލު އުފައްދައިފިއެވެ.

ފަލަސްޠީނުގެ އިސް އޮފިޝަލެއް ކަމަށްވާ ޙަނާން އަޝްރާވީ މިމޭރުމުން ސުވާލު އުފެއްދެވީ އިޒްރޭލުން ފޭރިގެންފައިވާ ވެސްޓް ބޭންކުގެ ސަރަހައްދުގައި އިތުރު 1122 ގެ އެޅުމަށް ޔަހޫދީ ކެބިނެޓުން ފާސްކުރުމާއި ގުޅިގެންނެވެ.

އިޒްރޭލުގެ މައްސަލަތައް ދިރާސާކުރާ ފަރާތްތަކުން ބުނަނީ އިޒްރޭލުން ގެތައް އަޅަމުން ގެންދަނީ މެދުއިރުމަތީގެ ޞުލްޙައަށް އޮތް ހުރިހާ މަގުތަކެއް ބަންދުކުރުމަށް ކަމަށެވެ. އަދި އިޒްރޭލުން އެކަން ކުރަމުން ގެންދަނީ އެމެރިކާގެ ފުރިހަމަ ތާއީދާއިއެކުގައި ކަމަށްވުމުން މެދުއިރުމަތީގެ ޞުލްޙައަށް އެމެރިކާއިން އެއްވެސް ވަރަކަށް ބޭނުން ނުވާކަން ވަރަށް ރަނގަޅަށް އެނގިގެންދާ ކަމަށެވެ.

ފަލަސްޠީނުގެ ބޮޑުވަޒީރު ބުރާސްފަތި ދުވަހު ވިދާޅުވީ އީޔޫ އިން ފަލަސްޠީން ބަލައިގެންފިނަމަ އިޒްރޭލުގެ އުދުވާންތައް ކުރިމަތިވުން މަދުވާނެ ކަމަށެވެ. އަދި އީޔޫ އިން ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައިގަތުން އަވަސްކޮށްދިނުމަށް ބޮޑުވަޒީރު ވަނީ އެދިވަޑައިގެންފައެވެ.
މިއަދު އޮންލައިން