ތުނބުޅި ބެހެއްޓުމަކީ ވަޒިފާއިން ވަކިކުރަންޖެހޭ ސަބަބެއްކަމަށް ނިންމާކަށް ފަރަންސޭސި ކޯޓަކަށް ނުކެރުނެވެ.
ތުނބުޅި ބަހައްޓައިގެން ވަޒިފާއިން ވަކިކޮށްފައިވާ ބައެއްގެ މައްސަލައިގައި ގޮތެއް ނިންމަން މިއަދު ބޭއްވި އަޑުއެހުމުގައި 4 ފަނޑިޔާރުން ބުނެފައިވަނީ މިކަމުގައި ގޮތެއް ނިންމަންޖެހޭނީ އެމީހުންނަށްވުރެ ތަޖުރިބާ ހުރި ފަނޑިޔާރުން ކަމަށެވެ.
މި މައްސަލައިގައި ދައުވާކުރި މީހުން ވަނީ އެމީހުން ވަޒީފާއިން ވަކިކުރުމުން ލިބުނު ގެއްލުމުގެ ބަދަލެއްގެގޮތުން ކޮންމެ މީހަކަށް 53،000 ޔޫރޯ ހޯދައިދިނުމަށް އެދިފައެވެެ. ކޯޓުން ބުނީ މައްސަލަ ނިންމާނެ ދުވަހެއް ފަހުން އަންގާނެ ކަމަށެވެ.
ތުނބުޅި ބެހެއްޓުމާއި އެނޫން ވެސް މިހާގެ ސިފައަށް ބަލައި ވަޒީފާއިން ވަކިނުކުރެވޭނެކަމަށް ބުނެ ފަރަންސޭސި ބައެއް ކުންފުނިތަކުން ގެންދަނީ ތުނބުޅީގެ މައްސަލައިގައި ވަޒީފާއިން ވަކިކުރާ މީހުންނަށް ވަޒީފާ ދެމުންނެވެ.