ގުޅިފައިވާ ދެބެންގެ ހަށިގަނޑު ވަކިކުރަން ކުރި އޮޕަރޭޝަން ކާމިޔާބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
ގުޅިފައިވާ ދެބެންގެ ހަށިގަނޑު ވަކިކުރަން ކުރި އޮޕަރޭޝަން ކާމިޔާބު!
ފަލަސްޠީނުގެ ދެމަފިރިއަކަށް ލިބުނު ހަށިގަނޑުން ގުޅިފައިވާ ދެބެއިންގެ ހަށިގަނޑު ވަކިކުރަން ސައުދިއަރަބިޔާގައި ކުރި އޮޕަރޭޝަން ކާމިޔާބު ކަމަށް ޑޮކްޓަރުން ބުނެފިއެވެ.

މިކަމުގައި އެންމެ ބޮޑެތި މައްސަލަތައް ކުރިމަތިވި ހަނީންގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ. ހަނީން މިހާރު ވަނީ ވެންޓިލޭތަރުން ނަގާފައެވެ. ނަމަވެސް އޭނާ ކުޑަކުދިންގެ ވޯޑަށް ބަދަލުކުރަން އަދި ހަފްތާއެއްހައި ދުވަސް ނަގާނެއެވެ.

ޑޮކްޓަރުންގެ ޓީމުން ބުނެފައިވަނީ އިތުރު މައްސލައެއް ކުރިމަތިވެދާނެ ކަމުގެ އެއްވެސް ނުރައްކަލެއް މިހާރު ފެންނަން ނެތް ކަމަށެވެ. ނަމަވެސް ހޮސްޕިޓަލުން ދޫކޮށްލެވޭނެ ދުވަހެއް ބުނަން އަދި އަވަސް ކަމަށެވެ.
މިއަދު އޮންލައިން