ތެލުގެ އަގު އަނެއްކާވެސް އުފުލިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 32ސ
ތެލުގެ އަގު އަނެއްކާވެސް އުފުލިއްޖެ
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް އުފުލިއްޖެއެވެ. އިއްޔެ މެންދުރު ސާފުނުކުރާ ތެޔޮފީފާއެއްގެ އަގު ހުރީ 70 ޑޮލަރުގައެވެ.

ތެލުގެ އަގު އިއްޔެ އުފުލުނު ސަބަބެއް ކަމަށް ބެލެވިފައިވަނީ އެމެރިކާއަށް ކުރިމަތިވެފައިވާ ގަދަފިނީގ މައްސަލަތަކާއި ގުޅިގެން ތެޔޮ ނެގޭ މިންވަރު މަދުވުމެވެ.

އޯޕެކުން އިއްޔެ ބުނެފައިވަނީ ތެލުގެ އަގު މިއަހަރު އުފުލޭނެ ކަމަށާއި އިތުރު ލޮޅުންތައް އަދިވެސް އަރާނެ ކަމަށެވެ. ނަމަވެސް އަހަރުގެ ފަހުކޮޅު ހަމައަކަށް އެޅިގެންދާނެ ކަމަށެވެ.

ތެޔޮ އުފައްދާ ޤައުމުތަކުން އެއްބަސްވެފައިވަނީ ތެޔޮ އުފައްދާ މިންވަރު މަދުކޮށް މިއަހަރުގެ ނިޔަލަށް ހިފެހެއްޓުމަށެވެ. އަންނަ އަހަރާއިމެދު އަދި ގޮތެއް ނުނިންމައެވެ.
މިއަދު އޮންލައިން