އަހަރެން ޗުއްޓީ ހޭދަކުރާނީ ރަށުގަ- ޕޮރޮޝެންކޯ ރާއްޖެ ދިއުމަކީ މައްސަލައެއް ނޫން: ޕުޓިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
އަހަރެން ޗުއްޓީ ހޭދަކުރާނީ ރަށުގަ- ޕޮރޮޝެންކޯ ރާއްޖެ ދިއުމަކީ މައްސަލައެއް ނޫން: ޕުޓިން
މީލާދީ އައު އަހަރާއި ގުޅިގެން ޗުއްޓީ ހޭދަކުރަން ބޭނުންވަނީ ރަށުގައި ހުރެގެން ކަމަށާއި ނަމަވެސް ޔޫކްރޭންގެ ރައީސް ޕޮރޮޝެންކޯ ޗުއްޓީ ހޭދަކުރަން ރާއްޖެ ދިއުމަކީ މައްސަލައެއް ނޫން ކަމަށް ރަސިއާގެ ރައީސް ޕުޓިން ބުނެފިއެވެ.

ބުރާސްފަތި ދުވަހު މީޑިއާތަކަށް މައޫމާތުދެމުން ޕުޓިން އަަބަދުވެސް އޭނާ ހުންނަން ބޭނުންވަނީ ޤައުމުގައި ރައްޔިތުންގެ ކައިރީގައި ކަމަށެވެ.

ޔޫކްރެއިންގެ ރައީސް އަހަރި ޗުއްޓީ ރާއްޖޭގައި ހޭދަކުރަން ހަމަޖެހިފައިވާތީ އެކަމާއި ގުޅިގެން ނޫސްވެރިން ސުވާލުކުރުމުން ޕުޓިން ބުނީ ޔޫކްރޭންގެ ރައީސް ޕޮރޮޝެންކޯ އަކީ މުއްސަނދި މަހުޖަނެއް ކަމަށާއި ރާއްޖޭގައިވެސް އަދި އެހެން ޤައުމެއްގައިވެސް އޭނާ ބޭނުން ނަމަ ޗުއްޓީ ހޭދަކުރެވިދާނެ ކަމަށެވެ.

ތަނަވަސްކަން ލިބިފައިވާ ރައީސުން އެހެން ޤައުމުތަކުގައި ޗުއްޓީ ހޭދަކުރުމަކީ ކަންބޮޑުވާންޖެހޭނެ ކަމެއް ނޫން ކަމަށްވެސް ޕުޓިން ބުނެފައިވެއެވެ.
މިއަދު އޮންލައިން