މުސްލިމުން ވަނީ ފަރުބަދަ ކަނޑައިގެންވެސް ރީތި މިސްކިތްތައް ހަދާފަ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
މުސްލިމުން ވަނީ ފަރުބަދަ ކަނޑައިގެންވެސް ރީތި މިސްކިތްތައް ހަދާފަ
މުސްލިމުން ވަނީ ފަރުބަދަ ކަނޑައިގެންވެސް ރީތި މިސްކިތްތައް ހަދާފައެވެ. ސައުދިއަރަބިޔާގައި ހުރި އެފަދަ ބައެއް މިސްކިތްތައް ބަލައިލުމަށް ގިނަ ބައަކު ޒިޔާރަތްކުރެއެވެ.

އެންމެ ގިނަ ބައަކު ޒިޔާރަތްކުރާ ޠާއިފްގެ އެއް މިސްކިތަކީ މީގެ 162 އަހަރު ކުރިން ބިނާކޮށްފައިވާ އަލް މަދައުން މިސްކިތެވެ.

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޠާއިފަށް ވަޑައިގަތުމުން އަނިޔާކޮށް ރަށުން ބޭރުކޮށްލި ދުވަހު މޭވާ (މޭބިސްކަދުރު) ފަރިއްކުޅުއްވަން އެރުވި ދަނޑު އޮތް ސަރަހައްދު ވަނީ މި މިސްކިތުގެ ކުރިމަތީގައެވެ. އެހެންކަމުން އެއީ އިސްލާމީ ތާރީޚާއި ގުޅިފައިވާ މުހިންމު ސަރަހައްދެއްގައި ބިނާކޮށްފައިވާ މިސްކިތެކެވެ.

އެންމެ ގިނައިން މީހުން ޒިޔާރަތްކުރާ ދެވަނަ މިސްކިތަކީ އިތުރު މާތް ނަބިއްޔާ މިދުނިޔެ ދޫކުރެއްވެވިތާ 800 އަހަރު ފަހުން، މީގެ 700 އަހަރުކުރިން ބިނާކޮށްފައިވާ އަލް- ޤްއާ މިސްކިތެވެ.
މިއަދު އޮންލައިން