ޓޫރިސްޓް ވިސާގައި ސައުދިއަރަބިޔާއަށް ޒިޔާރަތްކުރާ ފަތުރުވެރި އަންހެނުންނަށް 25 އަހަރުވެފައިވާނަމަ މަޙްރަމުގެ ބައި އުނިކޮށް މަހްރަމަކާއި ނުލައި ދަތުރުކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ. 25 އަހަރު ނުވާނަމަ މަހްރަމަކު ބޭނުންވެއެވެ.
ސައުދިއަރަބިޔާއިން ބުނީ މިކަން މިގޮތަށް ހަމަޖެއްސީ ފަތުރުވެރިކަން ކުރިއަރުވަން ބޭނުންވާތީ ފަތުރުވެރިންނަށް ލުއި ފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަށް ކަމަށެވެ.
ސައުދިއަރަބިޔާއިން ކަނޑައަޅާ 5 ޤައުމެއްގެ ފަތުރުވެރިންނަށް މިއަހަރުގެ 3 މަސް ދުވަހުގެ ތެރޭގައި ވިސާ ދޫކުރަން ފަށަން ވަނީ ނިންމައިފައެވެ. ތަޖުރިބާއަށް ބަލައި އިތުރު ޤައުމުތަކަށްވެސް ފުރުޞަތު ހުޅުވާލަން ވަނީ ހަމަޖެހިފައެވެ.
ތަޖުރިބާކުރުމުގެ ގޮތުން 2008 ވަނަ އަހަރުން ފެށިގެން 2010 އަށް ހުޅުވައިލި ފުރުޞަތުގައި 32،000 ފަތުރުވެރިން ވަނީ އެ ޤައުމަށް ޒިޔާރަތްކޮށްފައެވެ.