މަސްތުވާތަކެއްޗަށް ނުވިކުނު، ނުވަތަ ގަނެ ނުލެވުނު ފިލިޕިންސްގެ ރައްޔިތުން "އެކްސެލެންޓް" ރިޕޯޓެއް ދީފިއެވެ.
ރައްޔިތުންގެ މެދުގައި ނެގި ޚިޔާލު ހޯދުމުގެ ވޯޓުން "އެކްސެލެންޓް" ރިޕޯޓެއް މިފަހަރު ލިބުނު އިރު މީގެ 3 މަސް ކުރިން ކުރި ދިރާސާގައި ދުޓާޓޭއަށް ދީފައިވަނީ ވަރަށް މަޤްބޫލް ކަމުގެ ރިޕޯޓެކެވެ.
ގިނަ ބައަކު ޤަބޫލުކޮށްގެން ތިބީ މަސްތުވާތަކެތީގެ ވިޔަފާރިކުރާމީހުން ވަގުތުން ބަޑިޖަހަން ފުލުހުންނަށް ދިން ހުއްދަ އާއިއެކު ދުޓާޓޭގެ ތާއީދު ގެއްލިގެންދާނެ ކަމަށެވެ. ނަމަވެސް ފެންނަމުން މިދަނީ ކެންޕޭނު ކުރިއަށް ގެންގޮސް ގިނަ މީހުން މަރާވަރަކަށް ރައްޔިތުން ދޭ މާކްސް މަތިވަމުން ދާ ތަނެވެ.
މަސްތުވާ ތަކެއްޗަށް ވިކި ހުސްވެފައި ތިބި ދުނިޔޭގެ ލީޑަރުންނަށް ގޮންޖަހައި ދުޓާޓޭ މަސްތުވާ ތަކެއްޗާއި ދެކޮޅަށް ކުރިއަށް ގެންދާ ކެންޕޭނުގެ ވާހަކަ ދައްކާ މީހަކުވެސް މިހާރަކު ނުފެނެއެވެ.
މިފަހަރުގެ ސަރވޭގައި ވެސް އެންމެ ބޮޑަށް ރައްޔިތުން ފާހަގަކޮށްފައިވަނީ ހީނަރުވެފައިވާ އިޤްޠިޞާދެވެ. މުވައްޒިފުންގެ މުސާރަތަކާއި އިނާޔަތްތައް ކުޑަކަމެވެ. އެހެންކަމުން ޑްރަގަށް ވަގުތުން ބަޑިޖަހާ ކެންޕޭނާއިއެކު މިކަންކަން ހައްލުކުރެވިއްޖެ ނަމަ ދުޓާޓޭ އަށް ލިބޭ ތާއީދު އަދިވެސް އިތުރުވެގެންދާނެއެވެ.