ތުއްތު ޒައިނަބުގެ ޤާތިލު 3 ދުވަސްތެރޭ ހޯދައިގެން ކޯޓަށް ގެންނަން އަމުރުކުރުމުން ފުލުހުން ހާސްވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ތުއްތު ޒައިނަބުގެ ޤާތިލު 3 ދުވަސްތެރޭ ހޯދައިގެން ކޯޓަށް ގެންނަން އަމުރުކުރުމުން ފުލުހުން ހާސްވެއްޖެ!
އުމުރުން އެންމެ 6 އަހަރުގެ ތުއްތު ޒައިނަބަށް ޖިންސީ ގޯނާކޮށް މަރައިލި ޤާތިލު 3 ދުވަސްތެރޭ ހޯދައިގެން ކޯޓަށް ގެންނަން ލާހޯރުގެ ހައިކޯޓުން ފުލުހުންގެ މައްޗަށް އަމުރުކުރުމުން ފުލުހުން ހާސްވެ ހަތަރު އުދަރެސް ފެނުޖެހިއްޖެއެވެ.



ބުރާސްފަތި ދުވަހު ކޯޓުގައި ޕަންޖާބު ފުލުހުންގެ އިންސްޕެކްޓަރ ޖެނެރަލް ބުނީ ފުލުހުން ގެންދަނީ ޤާޠިލު ހޯދަން އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރަމުން ކަމަށެވެ. ހައިކޯޓުގެ އިސް ފަނޑިޔާރު ސައިދު މަންސޫރު ވިދާޅުވީ މަސައްކަތްކުރާ ކަމަށް ބުނުމަކުން ނުފުދޭ ކަމަށާއި 3 ދުވަސްތެރޭ އޭނާ ހޯދައިގެން ކޯޓަށް ގެނެވެންޖެހޭނެކަމަށެވެ.

ފުލުހުންނަށް އިތުރު އެއްވެސް ފުރުޞަތެއް ނުދިނުމުން ޖެހުނީ ޔޭސް ސަރ! ޔޭސް ސަރ! ކިޔަން ތިބޭށެވެ. މައްސަލައިގެ އިތުރު އަޑުއެހުމެއް މިހާރުވަނީ މިމަހުގެ 15 ވަނަ ދުވަހަށް ތާވަލުކޮށްފައެވެ. ޤާޠިލު ނުހޯދައި ހުސްއަތާ ފުލުހުންގެ ހިނގައްޖެނަމަ ދެން އިއްވާނެ ޙުކުމަކާއިމެދު މިހާރު ވަނީ ބިރުބޮޑުވެފައެވެ.



ޒައިނަބްގެ ޤާތިލު އަދިވެސް ނުފެންނާތީ ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި މިއަދުވެސް މުޒާހަރާތައް ކުރިއެވެ. މުޒާހަރާތައް ހޫނުވެ ކޮންޓްރޯލް ނުކުރެވިގެން ބަޑި ޖެހުމުން 4 މީހަކު ވަނީ މަރުވެފައެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅި ވަކީލް ޕިރްޒާދާ ބުނީ ފުލުހުންގެ މައްޗަށް ކޯޓުން އަމުރެއް ނުކުރާނަމަ އެކަށީގެންވާ މަސައްކަތެއް ނުކުރާނެ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން އެތައް ބައަކު މުޒާހަރާކުރުމުން ގިނަ ބައަކު މަރުވަމުންދާނެ ކަމަށެވެ.
މިއަދު އޮންލައިން