ދުބާއީގެ ޢާއިލާއަކަށް 20 އަހަރު ދުވަހު ޚިދުމަތްކުރި ފިލިޕިންސް އަންހެނަކަށް ފިލިޕިންސުން ބިމެއް ގަނެދީ އެތަނުގައި ގެއެއް އަޅައިދޭން ޢައިލާއިން ނިންމައިފިއެވެ.
މިމަހުގެ 18 ވަނަ ދުވަހު ސެލޯ 1 އަހަރު ދުވަހުގެ ޗުއްޓީއަކަށް ޤައުމަށްދާއިރު ޢާއިލާގެ 1 ދަރިފުޅު އޭނާ އާއިއެކު ގޮސް އެކަންކަން ފުރިހަމަކޮށްދޭނެއެވެ. އަދި ގެއަޅައި ނިމުމުން ދުބާޢީ ޢާއިލާ ފިލިޕިންސަށް ގޮސް އެގޭގައި މަޑުކޮށްލާނެއެވެ.
ސެލޯ ބުނީ 20 އަހަރު ދުވަހު އޭނާ ކުރި މަސައްކަތުން އެއްވެސް ފައިސާއެއް ޖަމާކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް އޭނާ އިޚްލާޞްތެރިކަމާއިއެކު ކޮށްދިން ނޯކިރީގެ އަގު މިއަދު ލިބިއްޖެ ކަމަށެވެ.
ޢާއިލާއިން ބުނީ އެދެމަފިރިން ސެލޯ އާއިމެދު ދެކެނީ ޢާއިލާގެ މެންބަރެއްގެ ގޮތުގައި ކަމަށެވެ. އެ ދެމަފރިންގެ ދެ ދަރިން ބޮޑުކުރުމުގައި ސެލޯ ވަނީ މައެއްގެ ދައުރު އިޚްލާޞްތެރިކަމާއިއެކު އަދާކޮށްފައި ކަމަށެވެ.