އިންޑިއާގަ އެއްޖިންސުން ކައިވެނިކުރަން ފަށައިފި
އިންޑިއާގައި އެއް ޖިންސުން ކައިވެނިކުރަން ފަށައިފިއެވެ. އިންޑިއާގައި ފައުޅުގައި އެއްޖިންސުގެ ކައިވެނި ކުރަން ފެށީ އެއްޖިންސުން ގުޅުން ހިންގުމަކީ ކުށެއް ނޫން ކަމަށް ސްޕްރީމް ކޯޓުން ނިންމުމުންނެވެ.
އެއްޖިންސުން ކައިވެނިކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން އެމެރިކާގައި އުޅޭ އިންޑިއާ މީހަކު ވަނީ އޭނާގެ ވިއެޓްނާމް ބައިވެރިޔާ އާއިއެކު މަހަރަޝްތުރާގެ ހޮޓަލެއްގައި ކައިވެނިކޮށް އެކަން އިޝްތިހާރުކޮށްފައެވެ.
ސްޮޕްރީމް ކޯޓުެ ނިންމުމާއިއެކު އިންޑިއާގެ އެއް ޖިންސުން ގުޅުން ހިންގާ މީހުންނަށް ވަނީ އިތުރު ހިތްވަރެއް ލިބިފައެވެ. އިންޑިއާގެ އެންމެ ގިނަ ބައަކު ޤަބޫލުކުރާ ހިންދޫ ދީނުގައި އެއްޖިންސުން ގުޅުން ހިންގުން ހުއްދައެއް ނޫނެވެ. އެއްޖިންސުން ގުޅުން ހިންގުމަކީ އެއްވެސް ދީނެއްގައި ހުއްދަކުރާ ކަމެއްވެސް ނުމެ ނޫންމެއެވެ.