ފާހިޝް އަންހެނެއްގެ އަނގަ ބަންދުކުރަން ޓްރަމްޕުގެ ލޯޔަރު 130،000 ޑޮލަރު ދިން މައްސަލަ ހޫނުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ފާހިޝް އަންހެނެއްގެ އަނގަ ބަންދުކުރަން ޓްރަމްޕުގެ ލޯޔަރު 130،000 ޑޮލަރު ދިން މައްސަލަ ހޫނުވެއްޖެ

އެމެރިކާގައި ފާހިޝް އަންހެނެއްގެ ގޮތުން މަޝްހޫރުވެފައިވާ ސްޓެފަނީ ކްލިފޯޑުގެ އަނގަ ބަންދުކުރަން އެމެރިކާގެ ރައީސް ޓްރަމްޕުގެ ލޯޔަރު މައިކަލް ކޯހެން 130،000 އެމެރިކާ ޑޮލަރު ދިން ކަމުގެ މައްސަލައެއް ފެންމަތިވެ ހޫނުވެއްޖެއެވެ.

އެމެރިކާގެ ނޫސްތަކުން ބުނާގޮތުން މި ފައިސާ ދީފައިވަނީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބބުގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ. މި އަންހެން މީހާ އާއި ޓްރަމްޕް ގުޅުން ހިންގީ 2006 ވަނަ އަހަރު ކެލިފޯނިއާގެ ލޭކް ޓަހޯ ގައި ކަމަށާއި އެއީ ޓްރަމްޕް މިހާރު ކައިވެނިކޮށްގެން އުޅޭ އޭނާގެ 3 ވަނަ އަނބިމީހާ އާއި ކައިވެނި ކުރުމުގެ އަހަރެއްހައި ދުވަސް ފަސް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ވިޝިންގޓަން ޕޯސްޓުން ބުނީ މިކަމުގެ މައުލޫމާތު އެބަހުރި ކަމަށާއި ބޭންކް އެކައުންޓް ބެލުމަށް މަސައްކަތްކުރަމުން ގެންދާ ކަމަށެވެ. ޓްރަމްޕާއިމެދު ފަޅާއަރާ މިފަދަ ކޮންމެ ކަމެއް ޓްރަމްޕް ގެންދަނީ ދޮގުކުރަމުންނެވެ.
މިއަދު އޮންލައިން