ފަލަސްޠީނަކީ ވުޖޫދުގައި އޮތް ޤައުމެއް ނޫންކަމަށް އިޒްރޭލުން ބުނާ ބުނުމަށް ގޫގްލްސް އިން ރައްދު ދީފިއެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ގޯލްޑަރ މެއިޔަރ ބުނެފައިވަނީ ފަލަސްޠީނަކީ އެއްވެސް އިރަކު ދުނިޔޭގައި އޮތް ޤައުމެއް ނޫން ކަމަށާއި އިޒްރޭލް އުފެދުނީ ހާމަ ބިމެއްގައި ކަމަށެވެ. މިހާރުގެ ބޮޑުވަޒީރު ނަތަޔާންހޫ ވެސް ވާހަކަދައްކަމުން ގެންދަނީ މިފަދަ މޭރުމަކުންނެވެ.
ގޫގްލްސް އިން ވަނީ ފަލަސްޠީނުގެ ފުރަތަމަ އަންހެން ފޮޓޮގްރާފަރ ކަރީMާ އައްބުދްގެ ވާހަކަތައް ގޫގްލްސްގައި ހިމަނައިފައެވެ. އޭނާ ދިރިއުޅުނީ 1893 އިން 1940 އަށެވެ. ގޫގްލްސް އިން މިކަން ކުރީ އޭނާގެ 123 ވަނަ އުފަންދުވަސް ފާހަގަކުރުމަށެވެ.
ގޫގްލްސް އިން ވަނީ މިދިއަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ކަރީމާގެ މަސައްކަތްތަކަށް ތައުރީފްކޮށްފައެވެ. އޭނާގެ ގިނަ މަސައްކަތްތައް މިހާރު ފެންނަން ނެތް ނަމަވެސް ބައެއް މަސައްކަތްތައް ފެންނަން އެބަހުއްޓެވެ. އައްމާންގެ ޖަމިއްޔާއަކުން ވާނީ އޭނާގެ މަސައްކަތްތައް ދައްކައިދޭ މައުރަޒެއްވެސް މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ބާއްވައިފައެވެ.
ގޫގްލްސް އިން ކަރީމާގެ މަސައްކަތްތައް ހާމަކުރުމުން ގިނަ ބައަކު އުފައްދާ ސުވާލަކީ އިޒްރޭލް އުފެދުނީ 14 މެއި 1948 ގައި ކަމަށްވާއިރު ކަރީމާގެ ތާރީޚު ކޮބައިިތޯއެވެ؟
މިޒަމާނުގެ ތާރީޚުން މިފަދަ ކަންކަން ފެނުނު ނަމަވެސް ފަލަސްޠީނުގެ ތާރީޚަކީ ދުނިޔޭގެ އެންމެ ދުވަސްވީ ތާޜީޚްކަން ތާރީޚީ ފޮތްތަކުން ވަރަށް ސާފުކޮށް ފެންނަން އެބައޮތެވެ.