5 ފަސިންޖަރުން ގޮވައިގެން ދަތުރުކުރި އިންޑިއާގެ ހެލިކޮޕްޓަރެއް ވެއްޓިއްޖެއެވެ. ވެއްޓިފައިވަނީ މުމްބާއީ ކައިރިން ކަނޑަށެވެ. އެއިރު ހެލިކޮޕްޓަރުގައި ތިބީ 2 ޕައިލެޓުންނާއި 5 ފަސިންޖަރުންނެވެ.
5 ފަސިންޖަރުން ހެލިކޮޕްޓަރުގައި އުދުހުނީ ތެޔޮ ނަގާ ސަރަހައްދެއް ބެލުމަށެވެ.
މިއަދު ހެނދުނު ހިނގި މިހާދިސާގައި މަރުވި މީހުންގެ ތެރެއިން 4 މީހެއްގެ ހަށިގަނޑު މިހާރު ވަނީ ފެނިފައެވެ. ހެލިކޮޕްޓަރު މިއަދު ހެނދުނު 10:30 ހާއި އިރު ފުރިތާ ބައިގަޑިއެއްހައިއިރުގެ ތެރޭގައި ކޮންޓްރޯލް ރޫމާއި ވަނީ ގުޅުން ކެނޑިފައެވެ.
ވެއްޓިފައިވަނީ ދޯފިން އެން3 މަރުކާގެ ހެލިކޮޕްޓަރެކެވެ.