އުފަންވިއިރު ބަރުދަނުގައި އެންމެ 400 ގްރާމް ހުރި ކުއްޖަކު ނުރައްކަލުން ސަލާމަތްވެއްޖެއެވެ. ޑޮކްޓަރުން ބުނަނީ ކުއްޖާ ސަލާމަތްކުރެވުނީ ޑޮކްޓަރުންގެ މޮޅުކަމުން ނޫން ކަމަށާއި އެއީ މުޢުޖިޒާތެއް ކަމަށެވެ.
"މަންމައަށް ކުރިމަތިވި މައްސަލަތަކަކާއި ގުޅިގެން ކުއްލިއަކަށް ޖެހުނީ ސިޒޭރިއަން ހަދާފައި ކުއްޖާ ނަގަން. ބަރުދަނުގައި ހުރީ އެންމެ 400 ގްރާމް. ފައިތިލައިގެ ބޮޑުމިނަކީ ބައްޕަގެ އަތުގެ ބޮޑުވާއިނގިލީގެ ބޮޑުމިން."
މި ކުއްޖާ އުފަންވެފައިވަނީ މިދިއަ އަހަރުގެ ޖޫން މަހުގެ 15 ދުވަހުއެވެ. އެފަދަ ވާހަކައެއްވެސް ހޮސްޕިޓަލަކުން ނުދައްކައެވެ. ނަމަވެސް ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާދީ މައްސަލަތައް ހައްލުވުމުން ގެއަށް ފޮނުވުމަށްފަހު މިހާރު ވަނީ އެކަން ހާމަކޮށްފައެވެ.
ހޮސްޕިޓަލުން ބުނީ މިއީ ރަސްމީ އަގުން އަގު ނަގާނަމަ އެތައް މިލިއަން ރުޕީސްގެ މަސައްކަތެއް ކަމަށެވެ. ނަމަވެސް އެއީ ފަޤީރު ޢާއިލާއަކަށްވާތީ ނެގީ ވަރަށް ކުޑަ އަދަދެއް ކަމަށެވެ.
ހޮސްޕިޓަލުން ދޫކޮށްލަމުން ޑޮކްޓަރުން ބުނެފައިވަނީ މުއުޖިޒާތެއް ފަދަ މި ހާދިސާ އާއި ގުޅިގެން ބޮޑު ހަފްލާއެއްވެސް ބޭއްވުން ރަނގަޅު ކަށެވެ.