ކަލަކު ވޮޑިގެންވާކަމަށް ޤަބޫލުނުކުރާ 2 މީހުން ސަލާމަތަށް އެދި ދުޢާކުރީ ކަލާނގެއަށް!
ދާދިފަހުން ޖަރުމަނުގެ ފްރޭންކްފަރޓުން ފުރައިގެން އިންޑޮނޭސިއާއަށް ދަތުރުކުރި ފްލައިޓަކަށް މައްސަލަތަކެއް ކުރިމަތިވިއެވެ.
އެއިރުވެސް ފްލައިޓުމަތީގައި ބައަކު ބަހުސް ކުރަމުން ދިއައީ ކަލަކު ވޮޑިގެންވާ ކަމާއިމެދުގައެވެ. ދެމީހަކު ބުނަމުން ދިއައީ ކަލަކު ވޮޑިގެންނުވާށެވެ. ބަހުސްގައި ބައިވެރިވި އިތުރު 4 މީހުން ބުނަމުންދިއައީ ކަލަކު ވޮޑިގެންވާ ކަމަށެވެ. އަދި އެކަމުގެ ހެކިތައްވެސް ދިއައީ ދައްކަމުންނެވެ.
ޠޫފާން ކުރިމަތިވީ ބަހުސްގައި ތިއްބައެވެ. ޕައިލެޓް އިމަރޖެންސީ ޙާލަތު އިއުލާނުކުރުމުން ފްލައިޓްގައި ތިބި ގިނަ ބައަކު ބާރަށް ރޯން ފެށިއެވެ. އަދި އެމީހަކު ޤަބޫލުކުރާ ކަލަކަށް ދުޢާކުރަން ފެށިއެވެ.
ބަހުސްގައި ތިބި މީހުންވެސް މެއެވެ. ކަލަކު ވޮޑިގެންވާ ކަމަށް ޤަބޫލުނުކުރާ ދެމީހުން ވެސް ސަލާމަތަށް އެދި ދުޢާ ކުރިއެވެ. ކުރަމުންދިއަ ބަހުސް މަތިން ހަނދާނެއް ވެސް ނެތެވެ.
ޠުފާނުން ސަލާމަތްކަން ލިބި ހަމަޖެހުމުން އެ ދެ މީހުންނާއި ސުވާލުކުރިއެވެ. ދެންމެ ކަލޭމެން ވާގި އެދުނީ ޖައްވުގެ ކިބައިންހެއްޔެވެ؟ ނޫނީ ކޮޅިގަނޑގެ ކިބައިން ހެއްޔެވެ؟ "ޕްލީސް ސޭވް މީ މައި ގޯޑް" އެވެ ބުނި އަޑު އިވުނެވެ. އެ ގޯޑަކީ ކޮބައިހެއްޔެވެ؟
ދެމީހުންގެ އަނގަމަތީގައި ހީވަނީ ތަފާއްޔެއް ޖެހިހެންނެވެ. ބުނާނެ އެއްވެސް އެއްޗެއް ނުއެނގުނެވެ. ދޭނެ ޖަވާބެއް ނުވިސްނުނެވެ. އިތުރު ކޮޅިގަނޑަކާއި ކުރމަތިވެދާނެކަމުގެ އިންޒާރު ޕައިލެޓް ދީފައި އޮތުމުން ކަމަށްވެސް ވެދާނެއެވެ.
އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ޖެހިފައި ތިބޭ ބައްޔަކުން މިފަދަ މައްސަލަތައް ކުރިމަތިވަނީއެވެ. އެމީހުންނަކީ އެންމެ ބޮޑެތި ބުއްދިވެރިން ކަމަށް ދައުވާ ކުރަނީއެވެ. ނަމަވެސް ހަޤީޤަތަކީ އެމީހުންގެ ސިކުނޑީގައި ހަަ އެއްވެސް ތެތްކަމެއް ނެތުމެވެ. ފިކުރު ކުރުމުގެ ޤާބިލުކަން ނެތުމެވެ.