ނަތަޔާންހޫ މިއަދު އިންޑިއާއަށް އަރަނީ
އިންދިއާގެ ބޮޑުވަޒީރު ނަރެންދުރެ މޯދީގެ ދައުވަތަކަށް އިޒްރޭލުގެ ބޮޑުވަޒީރު ނަތަޔާންހޫ މިއަދު އިންޑިއާއަށް އަރާނެއެވެ. މިއީ 6 ދުވަހުގެ ރަސްމީ ދަތުރެކެވެ.
މިދަތުރުގައި ނަތަޔާންހޫ މޯދީ އާއިއެކު މަޝްވަރާކުރާނެ ކަންކަމުގެ ތެރޭގައި އިންޑިއާއަށް އިތުރު ހަތިޔާރު ވިއްކުމާއި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމާއިި ފަލަސްޠީނަށް ވެރިވެގަތުމުގެ މައްސަލަ ހިމެނޭ ކަމަށް އިންޑިއާ އިން ބުނެއެވެ.
ނަތަޔާންހޫއަށް އިންޑިއާ އިން ދީފައިވާ ސަމާލުކަމުގެ ބޮޑުކަމުން ނަތަޔާންހޫ އަށް އެއާޕޯޓުން މަރުހަބާކިޔާނީވެސް މޯދީއެވެ. މޯދީގެ މިދަތުރުގައި މުސްލިމުންނަށް ފުރައްސާރަކުރުމުގެ ގޮތުން މުސްލިުންގެ ގިނަ ބައަކު ދިރިއުޅޭ އަހްދު އާބާދަށް ދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.