ދިއްލީގެ ޕާކެއްގަ ވަގުންނަށް ވޮލެޓްދޭން ދެކޮޅު ހެދި މީހަކު މަރާލައިފި
އިންޑިއާގެ ވެރިރަށް ދިއްލީގެ މަންކީ ޕާކުގައި ވަގުން އައިސް ވޮލެޓާއި ފޯނު ދޭން ބުނުމުން އެކަމަށް ދެކޮޅުހެދި މީހެއްގެގައަށް ވަޅިހަރާ މަރާލައިފިއެވެ.
ފުލުހުން ބުނީ ފުލުހުންނަށް ރިޕޯޓްކުރީ މަރާލެވުނު 22 އަހަރުގެ ޒުވާނާ އާއިއެކު ޕާކަށް ދިއަ އޭނާގެ ރައްޓެހި އަންހެނަކު ކަމަށެވެ. އަންހެން ކުއްޖާގެ ގައަށްވެސް ވަޅި ހަރާފައިވާ ކަމަށާއި ނަމަވެސް އޭނާގެ ފުރާނަ ސަލާމަތްކުރެވުނު ކަމަށެވެ.
ފުލުުހުން ބުނީ ހަމަލާދިނީ 4 މީހުންގެ ގޭންގަކުން ކަމަށާއި ޒުވާނާ މަރައިލުމަށްފަހު އެމީހުން ފިލީ ވޮލެތާއި ފޯނު ހިފައިގެން ކަމަށެވެ. ޒުވާނާ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ވަނީ މަރުވެފައި ކަމަށްވެސް ފުލުހުން ބުނެއެވެ.