ލަކްޓަލިސް ކުންފުނީގެ ވިހަހުރި 12 މިލިއަން ކޭސް ކުޑަކުދިންގެ ކިރު 83 ޤައުމަކުން ނަގައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 35ސ
ލަކްޓަލިސް ކުންފުނީގެ ވިހަހުރި 12 މިލިއަން ކޭސް ކުޑަކުދިންގެ ކިރު 83 ޤައުމަކުން ނަގައިފި

ކިރުގެ ބާވަތްތައް އުފެއްދުމަށް އެންމެ މަޝްހޫރު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ފަރަންސޭސިވިލާތުގެ ލެކްޓަލިސް ކުންފުނީގެ އުފެއްދުންތަކުގެ ތެރެއިން ސަލްމޮނެއްލާ ވިހައިގެ އަސަރު ހުރި 12 މިލިއަން ކޭސް 83 ޤައުމަކުން ހޯދައި މިހާރު ކުންފުނީގެ ބެލުމުގެދަށަށް ގެނެވިފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެކުންފުނިން ބުނީ މިކަމުގެ ސަބަބުން ގެއްލުން ލިބުނު ޢާއިލާތަކަށް އެކަށީގެންވާ ބަދަލެއް ދޭނެ ކަމަށެވެ. އަދި މިހާރު ބާޒާރުގައި ހުންނާނީ ވިހައިގެ އަސަރު ނެތް ކިރުގެ ބާވަތްތައް ކަމަށެވެ.
ލެކްޓަލިސް ކިރު ބޭނުންކުރި 35 ކުއްޖަކު ވިވުމުގެ މައްސަލަތައް ފަރަންސޭސިވިލާތުގައި ވަނީ ކުރިމަތިވެފައެވެ. އެތައް ސަތޭކަ ޢާއިލާއަކުން މިހާރު ވަނީ ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.
މިއަދު އޮންލައިން