ޕަޕުއާ ނިޔު ޖިނީގެ ރަށެއްގައި އަލިފާން ފަރުބަދައެއް ގޮވުމުން މީހުން ހުސްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ޕަޕުއާ ނިޔު ޖިނީގެ ރަށެއްގައި އަލިފާން ފަރުބަދައެއް ގޮވުމުން މީހުން ހުސްކޮށްފި
ޕަޕުއާ ނިޔު ޖިނީގެ ރަށެއްގައި އަލިފާން ފަރުބަދައެއް ގޮވުމުން ރަށުން މީހުން ހުސްކޮށްފިއެވެ. މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން ގޮވަމުން އަންނަ މި ފަރުބަދަ އެންމެ ބޮޑަށް ގޮވާފައިވަނީ ހުކުރު ދުވަހުއެވެ.

ބްލަޕް ބްލަޕް ނަމަކަށް ކިޔާ މިރަށުގެ ފަރުބަދަ ގޮވުމުން ގިނަ އަދަދެއްގެ ރަތް ހިލަ އާއި ސަލްފަރ ޑިއޮކްސައިޑް ބޭރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސަރުކާރުން ބުނީ އެރަށަށް ކާބޯތަކެތި ފޯރުކޮށްދެވޭނެ އެއްވެސް ގޮތެއް މިހާރު ނެތް ކަމަށެވެ. އަދި ރަށަށް އަރައި އުޅުންވެސް ވަނީ ވަރަށް ބޮޑު ނުރައްކަލަކަށްެވަފައި ކަމަށެވެ.

މިކާރިސާ އާއި ގުޅިގެން 1500 މީހަކު ކައިރީ އެހެން ރަށްތަކަށް ވަނީ ބަދަލުކޮށްފައެވެ. މިރަށަށް މިފަދަ މައްސަލައެއް ދިމާވި މިއީ ފުރަތަމަ ފަހަރެވެ.
މިއަދު އޮންލައިން