އަޚްލާޤީ ގޮތުން ދަށުފެންވަރުގެ ވީޑިއޯތަކެއް ސޯޝަލް މީޑިއާގަ ހާމަކުރި އަންހެނަކަށް ދުބާއީ ކޯޓުން ދެ އަދަބު ދީފިއެވެ.
ދުބާއީގައި މަސައްކަތްކުރާ އަރަބި އެހެން ޤައުމެއްގެ އަންހެނެއްގެ މައްޗަށް އިއްވި ޙުކުމުގައިވަނީ 1 އަހަރު ދުވަހަށް ޖަލަށް ލުމަށާއި 250،000 ދިރުހަމުން ޖުރުމަނާ ކުރުމަށެވެ.
ފަނޑިޔާރު ވިދާޅުވީ 1 އަހަރު ދުވަހުގެ ޖަލު ޙުކުމް އިއްވީ ކުރިކުށަށް ކަމަށެވެ. އަދި 250،000 ދިރުހަމުން ޖުރުމަނާކުރީ ކުށް ކުރުމަށްފަހު މީޑިއާގައި ޢާންމުކުރުމުން ކަމަށެވެ.
ފަނޑިޔާރު ވިދާޅުވީ ކުރެވޭ ކުށްތައް ހާމަކުރުމަކީ އިސްލާމީ ޝަރީއަތުގައި އިތުރު ކުށެއް ކަމަށާއި ކުށްކުރުމަށްފަހު އެކަން ހާމަކުރުމުން ދެ އަދަބު ދޭންޖެހޭ ކަމަށެވެ.
ޖަލު ޙުކުމް ތަންފީޒުކޮށް ނިމުމުން އަދި ޖުރުމަނާ ފައިސާ ދެއްކުމުން ޤައުމުން ޑީޕޯޓްކޮށްލުމަށް ވެސް ވަނީ ޙުކުމް ކޮށްފައެވެ.