މިހިރީ އަބޫދާބީގަ ރަހީނުކޮށްފަ: ޤަތަރުގެ ޝައިޚް ޢަބްދުﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
މިހިރީ އަބޫދާބީގަ ރަހީނުކޮށްފަ: ޤަތަރުގެ ޝައިޚް ޢަބްދުﷲ
އަބުދާބީއަށް ވަޑައިގަތުމުން އަސީރުކޮށްފި ކަމަށްވިދާޅުވެ ޤަތަރުގެ ޝާހީ ޢާއިލާގެ އިސް ބޭފުޅެއް ކަމަށްވާ ޝައިޚް ޢަބްދުﷲ ބިން ޢަލީ އަލްޘާނީ ވީޑިއޯއެއް ޢާންމުކުރައްވައިފިއެވެ.

އެވީޑިއޯގައި ވިދާޅުވީ ޔޫއޭއީއަށް ވަޑައިގަތީ ޔޫއޭއީގެ ވަލީ އަހުދު މުޙައްމަދު ބިން ޒަޔިދުގެ ދައުވަތަކަށް ކަމަށާއި ނަމަވެސް މިހާރު އެމަނިކުފާނަކީ މިނިވަނެއް ނޫން ކަމަށެވެ. "ޔޫއޭއީ އިން ނުފުރަން އަންގައިފި. އެހެންވީމާ މިހާރު އަހަރެންނަކީ މިނިވަނެއް ނޫން."

ޝައިޚް ޢަބްދުﷲ ވިދާޅުވީ އެމަނިކުފާނަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެވަޑައިގެންފިނަމަ އެކަމުގެ ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާނީ ވަލީ އަހުދު މުޙައްމަދު ބިން ޒައިދު ކަމަށެވެ. އަދި މިއީ ޤަތަރުގެ ރައްޔިތުންނާއި އެއްވެސް ގުޅުމެއް ހުރި މައްސަލައެއް ނޫން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ޝައިޚް ޢަބްދުﷲ ވަނީ ޤަތަރާއި އަރަބި ޤައުމުތަކާއި މައްސަލަ ޖެހުނުފަހުން ސައުދި އަރަބިޔާއަށް ވެސް ދަތުރުފުޅުތަކެއް ކުރައްވައިފައެވެ. އަދި ޤަތަރުގެ ސަރުކާރާއި ދެކޮޅަށްވެސް ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.
މިއަދު އޮންލައިން