އިންޑިއާގެ އެއާޕޯޓަކަށް ބޮޑު ގެރިއެއް ވަދެ ފްލައިޓް ދަތުރުތަކަށް ހުރަސް އަޅައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
އިންޑިއާގެ އެއާޕޯޓަކަށް ބޮޑު ގެރިއެއް ވަދެ ފްލައިޓް ދަތުރުތަކަށް ހުރަސް އަޅައިފި
އިންޑިއާގެ އަހްމަދު އާބާދުގެ އެއާޕޯޓަށް ބޮޑު ގެރިއެއް ވަދެ ފްލައިޓް ދަތުރުތަކަށް ހުރަސް އަޅައިފިއެވެ.

އެއާޕޯޓަށް ޖައްސަން އައި ކާގޯ ފްލައިޓެއްގެ ޕައިލެޓަށް ބޮޑު ގެރި ފެނުނީ ބިޔަ ޖަނަވާރެއްގެ ގޮތުގައެވެ. އެހެންކަމުން ޕައިލެޓް ވަނީ ފްލައި އަހްމަދު އާބާދުގެ އެއާޕޯޓަށް ނުޖައްސައި ގޮސް މުމްބާއީ އެއާޕޯޓަށް ޖައްސާފައެވެ.

ގެރި ހޯދައި އެއާޕޯޓުގެ ސަރަހައްދުން ނެރެލަން 90 މިނިޓް އިރު ހޭދަކުރަން ޖެހުމުން 5 ފްލައިޓެއްގެ ދަތުރުތައް ވަނީ ލަސްކުރަންޖެހިފައެވެ.
ބެލެވޭ ގޮތުން އެއްވެސް މީހަކަށް ނުފެނި ގެރި އެއާޕޯޓަށް ވަނީ ކާގޯ ކޮމްޕްލެކްސްގެ ގޭޓުންނެވެ.

މުސަޅާއި ރާމާ މަކުނުގެ ސަބަބުން މިފަދަ މައްސަލަތައް ކުރިން ދިމާވަމުން އައިނަމަވެސް ގެރިއެއްގެ ސަބަބުން މިއީ މިފަދަ މައްސަލައެއް ކުރިމަތިވި ފުރަތަމަ ފަހަރުކަމަށް ރިޕޯޓްތައް ބުނެއެވެ.

ގެރީގެ މައްސަލައަކީ މިހާރު އިންޑިއާގައި އެންމެ ބޮޑުވެފައިވާ މައްސަލަކަން ފާހަގަކުރެވެއެވެ.
މިއަދު އޮންލައިން