ފިލިޕިންސްގެ އަލިފާން ފަރުބަދައެއް ގޮވާފާނެ ކަމުގެ ބިރު ބޮޑުވެ ސަރަހައްދުން މީހުން ހުސްކުރަނީ
ފިލިޕިންސްގެ އަލިފާން ފަރުބަދައެއް ގޮވާފާނެ ކަމުގެ ބިރު ބޮޑުވެ ސަރަހައްދުން މީހުން ހުސްކުރަން ފަށައިފިއެވެ.
ފަރުބަދައާއި 7 ކިލޯ މީޓަރު ކައިރީގައި ދިރިއުޅޭ 12،000 މީހުންނަށް ވަނީ ސަލާމަތް ސަރަހައްދުތަކަށް ދިއުމަށް އިންޒާރުގެ އަމުރު ނެރެފައެވެ. ފަރުބަދައިން ނުކުންނަ އަޅިތަކުގެ ސަބަބުން މިހާރުވެސް މުޅި ސަރަހައްދުގައި ވަނީ ނޭވާލާން އުނދަގޫވެފައެވެ.
އެ ސަރަހައްދަށް ބޯކޮށް ވާރޭވެހޭތާ ގިނަ ދުވަސްތަކެއްވެފައިވުމުން ފަރުބަދަ ގޮވާއިރު ގިނަ އަދަދެއްގެ ކިސަޑު ނުކުންނާނެ ކަމަށް ވަނީ ބެލެވިފައެވެ.
މި ފަރުބަދަ އެންމެ ފަހުން ގޮވާފައިވަނީ 2014 ވަނަ އަަހަރުއެވެ. އެފަހަރު 63،000 މީހުން ސަލާމަތީ ސަރަހައްދުތަކަށް ގެންދަން ޖެހުނެވެ.